ފަންސާސް ހަވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ޝާހީން އިބްރާހިމް ދީދީ (ޝާންޓެ) ރިހި މެޑަލެއް ހޯދައިފިއެވެ.
ޝާންޓެ ރިހި މެޑަލް ހޯދީ އިންޑޮނޭޝިއާގެ ބަތަމްގައި ކުރިއަށްދާ މުބާރާތުގެ ފިރިހެން 60 ކިލޯ ކެޓަގަރީންނެވެ. އެ ކެޓަގަރީން، އެއްވަނަ ހޯދީ އިންޑިއާގެ ތަންގަދުރާޖް ޖަޔަޕްރަކާޝެވެ. ތިންވަނަ ހޯދީވެސް އިންޑިއާ އެތުލީޓެއް ކަމަށްވާ ސޯރާ އަލްމާނެވެ.
ޝާންޓެއަކީ ބޮޑީބިލްޑިންގައި ތާރީހީ އެތުލީޓެކެވެ. އޭނާއަކީ 2017 ވަނަ އަހަރު ރާއްޖެއިން ބޮޑީބިލްޑިންގައި ހޯދި އޭޝިއާގެ ފުރަތަމަ ރަން މެޑަލް ހޯދައިދިން އެތުލީޓެވެ. އޭގެކުރިން ޝާންޓެ 2014 ވަނަ އަހަރު މަކާއޫގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ޗެމްޕިއަންޝިޕުގެ 160 ސެންޓިމީޓަރު ފިޓްނަސް ކެޓަގަރީން ލޯ މެޑަލްވެސް ހޯދައިފައިވެއެވެ.
ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި ބޮޑީބިލްޑިންއިން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ، މި ބައްރުގެ އެންމެ ބޮޑު މުބާރާތް ހޯސްޓްވެސް ކޮށްފައިވާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)