ފާހާނާގައި ފެންވަރަން ހުރި މީހަކު، ފާހާނާއިން ނެރެ އޭނާއަށް ވަޅިން ހަމަލާދިން މީހަކު ހަތް އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސައިގައި ހުކުމް ކޮށްފައިވަނީ މ. ގޯލްޑަންލީފް އަހުމަދު ނަބީލްގެ މައްޗަށެވެ.
އޭނާއާ ދެކޮޅަށް ދައުލަތުން ކޯޓަށް ހުށަހަޅާފައިވަނީ، 16 އޯގަސްޓް 2023 ވަނަ ދުވަހު ގ. އަރުތަވިލާގޭ ކޮޓަރިއެއްގެ ފާހާނާގައި ރ. ރަސްގެތީމު އިރުދޭމާގޭ އަހުމަދު ވިޝާމް ފެންވަރަށް ހުއްޓައި، އޭނާ ފާހާނާއިން ނެރެ ވަޅިއަކުން އޭނާއަށް ހަމަލާދިން މައްސަލައެކެވެ.
ވަޅިން ވިޝާމްގެ ނިއްކުރިއާއި ވާތްފަރާތުގެ ކޮނޑާ ދިމާލުން ބުރަކައްޓަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށްވެސް ދައުވާގައިވެއެވެ. އެހެންކަމުން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށެވެ. އެހެންކަމުން އެކަމުގެ އުގޫބާތެއްގެ ގޮތުން ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށްވެސް އެ ހުކުމްގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު