ކަނޑުމަތީގެ ހަ ހާދިސާއެއް މިއަދު ހިނގާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މިއަދު މީޑިއާތަކަށް ބުނި ގޮތުގައި އެ ހާދިސާތައް ހިނގައިގެން ރިޕޯޓް ކުރީ ރޭ ދަންވަރު 1:10 އާއި 5:00 އާ ދެމެދުއެވެ. އޭގެ ތެރެއިން އެއް ހާދިސާގައި ބިދޭސީއަކަށް އަނިޔާވެފައިވާ ކަމަށްވެސް ބުންޏެވެ.
މިއަދު ހިނގި ހާދިސާތައް ރިޕޯޓްކުރ ވަގުތާއި ހާދިސާގެ ތަފުސީލު:
- ދަންވަރު 1:10 ހާއިރު ރިޕޯޓްކުރި ހާދިސާ: ނުވަ ފަތުރުވެރިންނާއި ފަސް ފަޅުވެރިންނާއެކު ދަތުރުކުރި 'ކޮޅުލިޔާ' ނަމަކަށްކިޔާ ސަފާރީއެއް ތިމަރަފުށި އެއާޕޯޓް ބީޗަށް ލައްވި. ސަފާރީގައި ތިބި މީހުން މިހާރު ތިބީ އެ އެރަށު ގެސްޓްހައުސް އެއްގައި. އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ.
- ދަންވަރު 02:43 ހާއިރު ރިޕޯޓްކުރި ހާދިސާ: ހަ މީހުންނާއެކު ދަތުރުކުރި 'ބިނާ ކާގޯ' ނަމަކަށް ކިޔާ ސަޕްލައި ދޯންނެއް ލ. ހިތަދޫގެ 11 މޭލު ބޭރުން އިންޖީން ހުއްޓި ދިޔަވުން. އެ ދޯނި މިހާރު އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ދަނީ ދަތުރުކުރަމުން.
- ދަންވަރު 2:48 ހާއިރު ރިޕޯޓްކުރި ހާދިސާ: 10 މީހުންނާއެކު ދަތުރުކުރި ސައުތު އެކްސްޕްރެސް ނަމަކަށް ކިޔާ ދޯންޏެއް ދިޔަވުން. މިއަދު ހެނދުނު 09:00 ހާއިރު ސިފައިންގެ އެހީތެރިކަމާއެކު ލ. މާމެންދޫ ބަނދަރަށް ވައްދާފައިވޭ
- ދަންވަރު 02:54 ހާއިރު ރިޕޯޓްކުރި ހާދިސާ: ތ. އަތޮޅު ތެރެއިން ބާޖެއް ކަފު ޖަހައިގެން ދަތުރުކުރި ޓަގު ބޯޓެއް މޫސުން ގޯސްވެ ވާ ކަނޑައިގެން ދިއުން. މި ވަގުތު ބާޖު އޮތީ ތ. ގުރައިދޫ ކައިރިއަށް ބީހިފައި. ޓަގު ބޯޓު އޮތީ އެ ސަރަހައްދުގައި އެންކަރު ކޮށްގެން.
- ދަންވަރު 3:20 ހާއިރު ރިޕޯޓްކުރި ހާދިސާ: ''ފިޝްމަން'' ނަމަކަށް ކިޔާ މަސް ދޯންޏެއް ލ. އަތޮޅަށް ދަތުރުކުރަނިކޮށް ލ. ހިތަދޫގެ 23 މޭލު ބޭރުން ދިޔަވުން. ދޯނި މިހާރު ވަނީ މަޑުމަޑުން ދުއްވާފައި އައިސް ލ. ހިތަދޫ ބަނދަރަށް ވަދެފައި. އެ ހާދިސާގައި ހަރަކާތްތެރިވެފައިވަނީ ފާސްޓް އިންޓަ ސެޕްޓާ ކްރާފްޓް 'މާފަތް'.
- ދަންވަރު 5:00 ހާއިރު ރިޕޯޓްކުރި ހާދިސާ: 80 ފޫޓުގެ ފާގަަތި ނަމަކަށް ކިޔާ ދޯންޏެއް ދިޔަވުން. އެ ހާދިސާގައި އެމްއެންޑީއެފް އިން އެހީތެރިވީ ސެންޓްރަލް އޭރިއާ ކޮމާންޑް ދ. ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން. އެ ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް އަނިޔާވެ އިތުރުފަރުވާއަށް ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ މީހާ ނިލަންދޫއަށް ގެންގޮސްފައިވޭ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު