ހުޅުމާލެއިން 48 ބިޔަރު ދަޅާއެކު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ އެ ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ މިރޭ 10:00 ހާއިރު ކަމަށެވެ.

އޭނާ ހައްޔަރުކުރިއިރު ބިޔަރު ދަޅުތަކުގެ އިތުރުން ރާ ފުޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.