ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމު ކޮށްގެން ބޭއްވި ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ސީބީއެލް ހޯދައިފިއެވެ.
ކުޅިވަރު އެކުވެނީގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ސީބީއެލް އިން މެޗު ކާމިޔާބުކުރީ މިލާން ކްރިކެޓް އެކަޑަމީއާ ވާދަކޮށް، އެއް ލަޑުންނެވެ.
އިއްޔެގެ މެޗުގެ ގުރު ދިމާވުމުން ސީބީއެލް ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން 167 ލަނޑު ހެދިއެވެ. އެ އިނިންގްސްގައި ސީބީއޭއެލްގެ ސަމިތަ 36 ލަނޑު، ހަރުސަ 27 ލަނޑު އަދި ކައުސަލް 56 ލަނޑު ހެދިއެވެ. މިލާން ކްރިކެޓް އެކަޑަމީ އިން އެންމެ ރަގަޅަށް އުކި، އިސްމާއިލް ނަޒުވާން ތިން ވިކެޓް ނެގި އިރު، އާދަމް ނާސިފާއި އިބްރާހިމް އަދި ރިޒާން ކޮންމެ އުކުންތެރިޔަކު އެއް ވިކެޓް ނެގިއެވެ.
ޖަވާބުގައި މިލާން ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 166 ލަނޑެވެ. މިލާނަށް ޔޫސުފް އަޒިޔާން 63 ލަނޑު އަދި އަހުމަދު ހަސަން 41 ލަނޑު ހެދިއެވެ. ސީބީއެލް އިން އެންމެ ރަގަޅަށް އުކީ ހަތަރު އޯވަރާއި 19 ލަނޑަށް، ހަތަރު ވިކެޓް ނެގި މަލިތު ޑި ސިލްވާއާއި ތިން ވިކެޓް ނެގި ހަރުސައެވެ. މެޗުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވުނީވެސް ހަރުސަ އެވެ.
މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް