އެންމެންނަށްވެސް ހަމަހަމަކޮށް ގާނޫނު ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ދެއްވައިފިއެވެ.
އާއިލީ ވިޔަފާރި، ހެޕީމާކެޓްގެ ވެހިކަލެއް ޓޯ ކުރާ ފޮޓޯއެއް އެކްސްގައި ހިއްސާ ކުރައްވަމުން އިހުސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް ގާނޫނު ތަންފީޒުކުރުމުގައި ވަކި މީހެއް އިސްތިސްނާކޮށް ނުވަތަ ހާއްސަ ނުކޮށް އެންމެންނަށްވެސް ހަމަހަމަކަމާއެކު ގާނޫނު ތަންފީޒުކުރާނެ ކަމަށެވެ.
ފުލުހުންނާއި ތަންފީޒީ އިދާރާތަކުން ވެސް މިނިސްޓަރު އެދިވަޑައިގެންފައިވަނީ އެގޮތުގައި ރާއްޖޭގައި ގާނޫނުތައް ތަންފީޒު ކުރުމުގައި ދެމިހުރުމަށެވެ.
ފުރަތަމަ ކޯލްޑް ސްޓޯރޭޖް އޮޕަރޭޓިން ކުންފުނީގެ ގޮތުގައި 1992 ވަނަ އަހަރު އުފެއްދި ހެޕީމާކެޓަކީ ރާއްޖޭގައި ހިންގާ ޕްރިމިއަމް ފުޑް އެންޑް ބެވަރޭޖް އިމްޕޯޓާ އެންޑް ޑިސްޓްރިބިއުޓަރެކެވެ.
ދާދިފަހުން ފުލުހުން ވަނީ ބީ ޒޯނުން މާލޭ ޒޯނަށް ވެހިކަލް ރަޖިސްޓަރީ ބަދަލުނުކޮށް ހުރި ގިނަ އަދަދެއްގެ ވެހިކަލްތައް ޓޯ ކުރަން ފަށައިފައެވެ. ބީ ޒޯނުން މާލެ ޒޯނަށް ރަޖިސްޓަރީކުރުން ހުއްޓާލާފައި އޮއްވައި، ޓޯ ކުރަން ފެށުމުން ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އިހުތިޖާޖެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު