ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮރެއަން އެއާގެ ފްލައިޓްތަކުގައި ކަޕް ނޫޑްލްސް ނުދޭން ނިންމައިފިއެވެ.
ކޮރެއަން އެއާ އިން ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ އެއާލައިންގެ އިކޮނޮމީ ކުލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް ކަޕް ނޫޑްލްސް ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ކޮރެއަން އެއާ އިން އެގޮތަށް ނިންމާފައިވަނީ ފްލައިޓް ދަތުރުކުރާ ވަގުތު ޓާބިއުލަންސްގެ ސަބަބުން ކަޕް ނޫޑްސްލް އަށް ހޫނުފެން އަޅައިގެން ފަސިންޖަރުންނަށް ދޭން އުޅުމުގެ ތެރޭގައި ހާދިސާތަކެއް ހިނގާފައިވުމުންނެވެ.
ކޮރެއަން އެއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އިކޮނިމީ ކުލާހުގައި ދަތުރުކުރާ ފަސިންޖަރުންނަށް ކަޕް ނޫޑްލްސް ނުދޭން ނަމަވެސް ފަސްޓް ކުލާސް އަދި ބިޒްނަސް ކިލާހުން ދަތުރުކުރާ ފަރާތްތަކަށް ކަޕް ނޫޑްލްސް ލިބޭނެ ކަމަށެވެ.
ކޮރެއާ އެއާގެ ފްލައިޓްތަކުގައި ކަޕް ނޫޑްލްސް ނުދޭން ނިންމި އިރު، މި އަހަރު ކުރީކޮޅު ސިންގަޕޯ އެއާލައިންސް ވެސް ވަނީ އެއެއާލައިން އިން ހޫނު ބުއިންތަކާއި ހޫނު ކެއުންތައް ޓާބިއުލަންސް ގައި ފްލައިޓު ދުއްވާ ވަގުތު ނުދިނުމަށް ނިންމާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ