މާލޭގައި ހިންގި މާރާމާރީއެއްގައި ފަސް މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އަސްރަފީ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރީއެއް ހިންގާފައިވާ ކަމަށް ރޭ 12:33 ގައި ރިޕޯޓުކުރި ކަމަށެވެ. އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރިއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ އެންމެންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުން ދޫކޮށްލީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.