ވެނެޒުއެލާގައި އިންތިހާބުގެ ނަތީޖާއާއިމެދު ހިތްހަމަނުޖެހި އާންމުން މުޒާހަރާއަށް ނިކުމެއްޖެ އެވެ.
ވެނެޒުއެލާގެ ރިޔާސީ އިންތިހާބު ނިމި އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފެށުމާއެކު އެ ގައުމުގެ މިހާރުގެ ރައީސް ނިކޮލަސް މަޑޫރޯ ވަނީ އިންތިހާބު ކާމިޔާބު ވެއްޖެ ކަމަށް އިއުލާނުކުރައްވައިފައެވެ.
އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފެށުމާއެކު ވެނެޒުއެލާގެ އިދިކޮޅުން ވަނީ އެ މީހުންގެ ކެންޑިޑޭޓް އެސްމުންޑޯ ގޮންޒާލޭޒް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށާއި ގޮންޒާލޭޒަށް 73.2 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވާ ކަމަށް ބުނެފައެވެ.
އިންތިހާބުގެ ނަތީޖާއާއި މެދު ހިތްހަމަ ނުޖެހި އިންތިހާބު އޮޅުވާލާފައިވާ ކަމަށްބުނެ އިދިކޮޅު ސަޕޯޓަރުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާތައް ފަށާފައެވެ.
ގޮންޒާލޭޒްގެ ވެރިރަށަށް ޖަމާވެފައިވާ މީހުން ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ މިލިޓަރީ އާއި ފުލުހުން ވަނީ ނެރެފައެވެ.
މުޒާހަރާކުރާ މީހުން ވަނީ ޓަޔަރު ތަކުގައި ރޯކޮށް މަގުތައް ބަންދުކޮށްފައެވެ. ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ކަރުނަ ގޭސް ޖަހާފައެވެ.
ވެނެޒުއެލާގެ ސިޔާސީ މަޝްރަހު ހޫނުވެފައިވާއިރު އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން އެ ގައުމުގެ އިލެކްޝަނުން ވަނީ ފަސްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ