އިންޑިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި 63 މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ ދެކުނުން އޮންނަ ކެރެލާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި 63 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު ބިންގަނޑުގެ އަޑީގައި ތާށިވެފައިވާކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ.
ކެރެލާގެ ވަޔާނަދް ޑިސްޓްރިކްޓްގައި އިއްޔެ ހިނގި އެ ހާދިސަގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރުމަށް ރެސްކިއު ޓީމުތަކުން ވަނީ އޮޕަރޭޝަނެއް ފަށާފައެވެ.
ހާދިސާ ހިނގި ސަރަހައްދަށް ދެވެން އޮތް މަގުތައްވެސް ހަލާކުވެފައި އޮތުމާއި މޫސުން ގޯސްވުމުގެ ސަަބަބުން އެ ސަރަހައްދަށް ރެސްކިއު ޓީމުތަކުން ދިއުމުގައި ދަތިތަކެއް ހުރިކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އިންޑިއާ ސިފައިންގެ 200 އަށްވުރެ ގިނަ މީހުން އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެެ.
މިހާތަނަށް 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ރިޕޯޓުކޮށްފައިވާއިރު 250 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ