މެންދުރު ނަމާދު ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދާގޮތަށް ނިންމައިފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.
އެންމެފަހުން ބޭއްވި މަޖިލިސް ޖަލްސާ ވެސް ވަނީ މެންދުރު ނަމާދުގެ ބަންގި ޖަލްސާގައި އިއްވުމަށްފަހު ޖަލްސާ މެދުކަނޑައިލައިފައެވެ.
މަޖިލިސް ރައީސް އަބުދުއްރަހީމް މިއަދު ވިދާޅުވީ، މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލި އިރު، މެންދުރު ނަމާދު ވަގުތުގައި މަޖިލިސް ޖަލްސާ ކުރިއަށް ނުގެންދާގޮތަށް ގަވާއިދުގައި ހިމަނާފައިވާ ކަމަށެވެ.
އެހެންކަމުން މީގެ ކުރިން 12:30 ގައި މަޖިލިސް ޖަލްސާ މެދު ކަނޑާލާގޮތަށް އޮތް އޮތުން 12 ޖަހާއިރު މެދު ކަނޑާލާގޮތަށް ބަދަލުކުރައްވާފައިވާ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ. އެއަށްފަހު އެއް ގަޑި އިރުގެ ހުސްވަގުތު ކޮޅަކަށްފަހު އަލުން ޖަލްސާ ފަށާނީ 1:00 ގައިކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު