ސްރީ ލަންކާގައި ބޭއްވި އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ރާއްޖެ އިން ވާދަކުރި ޖޫނިއާ އަންހެން ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.
ރާއްޖޭގެ ޓީމުން ލޯ މެޑަލް ހޯދީ ޖޫނިއާ ނެޝަނަލް ކެޓަގަރީގެ ހަތަރެއް ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގައި ވާދަކޮށްގެންނެވެ. ލޯ މެޑަލް ހޯދި ދިވެހި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުސާދު، ޒޯހާ އަޒްލީ ނަސީމް، މަލައިކާ ލިންޑާ އިމްރާން އަދި ޒާހާ ޒައިދުލް ހަލީލެވެ. އެ އިވެންޓުގައި ދިވެހި ފެތުންތެރިން ރޭސް ނިންމާފައިވަނި ފަސް މިނެޓް 38.03 ސިކުންތުންނެވެ.
މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވަނީ އިންޑިވިޖުއަލް ކާމިޔާބީތައްވެސް ހޯދައިފައެވެ. އެގޮތުން 13 އަހަރުގެ ތަޒްކިޔާ ވަނީ ގައުމީ ދެ ރެކޯޑު ހަދައިފައެވެ. އެއީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓާއި އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ. އޭގެ ތެރެއިން 100 މީޓަރު ފްރީސްޓައިލް އިވެންޓުން ތަޒްކިޔާ ވަނީ ލޯ މެޑަލްވެސް ހޯދައިފައެވެ.
އޭނާ ލޯ މެޑަލް ހޯދީ ފުރަތަމަ ހެދި ދެ ރެކޯޑު، ދެން ޖެހިގެން އައި ދެ ހީޓުގައިވެސް އާކޮށްގެންނެވެ. ފައިނަލުގައި ތަޒްކިޔާ 100 މީޓަރު ފްރީސްޓައިލް އިވެންޓު ނިންމީ އެއް މިނެޓް 5.03 ސިކުންތުންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން