ފްރާންސްގެ ހައި ސްޕީޑް ރޭލު ލައިންތަކަށް ގެއްލުންދީ ޚިދުމަތް ހުއްޓުވާލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި ކަން ކޮށްފައި ވަނީ ކޮން ބަޔަކުކަމެއް އަދި ނޭނގެއެވެ. ދަ ''ދަ ފްރެންޗް ސްޓޭޓް ރެއިލްވޭ ކޮމްޕެނީ'' އަށް ދީފައިވާ ގެއްލުންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރޭލު އެހެން މަގުތަކަށް ބަދަލުކުރާން ޖެހުނު ކަމަށާއި ބައެއް ދަތުރުތައް ކެންސަލް ކުރާންވެސް ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްރެންޗް ސްޓޭޓް ރެއިލްވޭ ކުންފުނިން ބުނީ، ރޭލު ދަގަނޑުތަކުގައި ހުންނަ ސޭފްޓީ ކޭބަލްތަކުގައި ބަޔަކު ރޯކޮށްލާފައިވާކަމަށެވެ. ގެއްލުން ދިން ކަމުގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައި ނުވާކަމަށް ވެސް ފްރާންސުގެ އޮފިޝަލުން ބުނެފައިވެއެވެ.

ފްރާންސުގައި މިހާރު ކުރިޔަށްދާ ޕެރިސް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ އެކި ކަންކޮޅުތަކުން މީހުން ދަތުރުކުރުމަށް މަސައްކަތް ފެށުމާއެކު ދީފައި މިވާ ގެއްލުމަކީ މުޅި އެ ގައުމަށް ދިން ހަމަލާއެއްގެ ގޮތުގައި އޮފިޝަލުން ވަނީ ސިފަކޮށްފައެވެ.