މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފާސްކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ގޯސްވުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ.

ނަމަވެސް ފަސްކޮށްފައިވަނީ ކޮން ދުވަހަކަށް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

ޝަރަފުގެ ހިނގާލުން ފަށަން ނިންމާފައި އޮތީ މިއަދު ހަވީރު 4:15ގައެވެ.

ޝަރަފުގެ ހިނގުން ފަސްކޮށްފައިވާ އިރު، މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނު ބާއްވަން ނިންމި މިނިވަން ދުވަހުގެ ރަސްމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ވެސް ވަނީ ކެންސަލް ކޮށްފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހަވީރު ހުޅުމާލޭގައި ރާއްޖޭގެ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓްމާޗް އޮންނާނެއެވެ. އަދި އެމްއެންޑީއެފްގެ ހެވިކަމާއި ކުޅިވަރު އޮންނާނީ އަންނަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަންތައް ނުބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.