މާލޭގައި ކުނި ނަގާ ވަގުތު ދަންވަރަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

މާލެއާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފުތިތާހު ކުރި "މާލެ ފަހި" ޕްރޮގްރާމްގައިވާ ގޮތުން، މާލޭ މަގުތަކުގައި ތޮއްޖެހުން އެންމެ ބޮޑުވާ އެއް ސަބަބަކީ އިރުއޮއްސުމަށްފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ކުނި ނެގުމަށް ވެމްކޯގެ ބޮޑެތި ވެހިކަލްތައް މަޑުކުރަން ޖެހުމެވެ.

އެހެންވެ އެކަމަށް ހައްލެއް ގެނައުމަށް މާލެ ސަރަހައްދުގައި ކުނި ނަގާ އުސޫލަށް ބަދަލު ގެނެސް ކޮންމެ ރެއެއްގެ 10:00 އަކުން ފަތިހު 5:00 އަށް ކުނި ނަގާ ގޮތަށް ބަދަލުކުރުމަށް ސަރުކާރުން މިހާރުވަނީ ނިންމައިފައެވެ.

ވެމްކޯ އިން މިހާރު މާލޭގައި ކުނި ނަގަނީ އިރުއޮއްސި 6:00 އިން 11:00 އަށެވެ.