"ނެޝަނަލް ޖޮބް ސެންޓަރު" ގެ ނަން "ނޭޝަނަލް ކެރިއާސް ސާވިސް" ގެ ނަމަށް ބަދަލުކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި ގާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، "ނެޝަނަލް ޖޮބް ސެންޓަރު" ގެ ނަން "ނޭޝަނަލް ކެރިއާސް ސާވިސް" ގެ ނަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބަދަލުކުރައްވާފައިވާ ކަމަށެވެ.
ޖޮބް ސެންޓަރު ހިންގަމުން އަންނަނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނީ މި ބަދަލު ރައީސް ގެންނެވުމާ އެކު ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި ނޭޝަނަލް ކެރިއާސް ސާވިސްއަށް ލިޔާ ސިޓީގައި ޖަހާނީ 490 ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު