ދައުލަތުގެ މާލީ ކަންކަމާ ގުޅޭ އިސްލާހުތައް ތަންފީޒުކުރަން ޗައިނާގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެއެވެ.
މާލީ ކަންކަމާ ގުޅޭ އިސްލާހުތައް ތަންފީޒުކުރަން ޗައިނާގެ އެހީއަށް ރާއްޖެއިން އެދިފައިވަނީ، ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރު ވަންގް ޔީ އާ އެކު އެ ގައުމުގެ ސްޓޭޓް ހައުސްގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުވުމުގެ ތަފުސީލުތައް ހިމަނައި ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި އެ ގައުމުގެ ފޮރިން މިނިސްޓަރާ ހަވާލުކުރައްވައިފައި ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު ޒަމީރު ދެއްވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން ޗައިނާއާ ދެމެދު އޮތް 50 އަހަރަށް ވުރެ ދިގު ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކޮށް އުސްމިންތަކަށް ގެންދެވުމުގެ މުހިއްމުކަން ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ޗައިނާއަކީ ރާއްޖޭގެ އިގުތިސޯދީ ތަރައްގީގެ މުހިންމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ޒަމީރު ވަނީ، ރައީސް މުއިއްޒު އިއުލާނުކުރައްވާފައިވާ މާލީ އިސްލާހުތަކުގެ ތަފުސީލުތައް ޗައިނާ ސަރުކާރާ ހިއްސާކުރައްވައިފައެވެ. އަދި އެ މަސައްކަތުގައި އެ ގައުމުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުންވެސް ވަނީ، އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފައި ކަމަށެވެ.
- ކަރަންޓާއި ފިއުލް ސަބްސިޑީ ޓާގެޓުކޮށް ހައްގުވެރިންނަށް އެކަނި ލިބޭނެ ގޮތަށް އެކުލަވާލުން
- ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުން
- އާސަންދައިގެ އިސްރާފު ކުޑަކުރުން
- ޕޭ ހާމަނައިޒޭޝަން ބަހާލައިގެން ކުރުން
- ވެލްފެއާ ހަރަދުތައް ކުޑަކުރުން
ޚަބަރު
ޚަބަރު
ޚަބަރު