އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް، އައިޝަތު އުލްޔާ ޝާއިގް އަނެއްކާވެސް އާކޮށްފިއެވެ.
މި އަހަރު އޮލިމްޕިކްސްގައިވެސް ރާއްޖެ ތަމުސީލުކުރާ ސްވިމިން އެތުލީޓް އުލްޔާ، މި ފަހަރު ރެކޯޑު އާކުރީ އިއްޔެ، އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ދި ޔުނިވާސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާގެ ވެސްޓް ކޯސްޓް ކްލަބް ނައިޓް އިވެންޓުގައި ވާދަކޮށްގެންނެވެ. އެ އިވެންޓުގެ ހަތްވަނަ ހީޓުގައި ވާދަކޮށް، އުލްޔާ 50 މީޓަރު ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 28.75 ސިކުންތުންނެވެ.
އުލްޔާ 50 މީޓަރު ފްރީސްޓައިލް ރެކޯޑް ކުރިން އާކުރީ މިދިޔަ މަހު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކާސް ބިގް ސްޕްލޭޝް ޖޫން 2024 މީޓުގައި 50 މީޓަރު ފްރީސްޓައިލް އިވެންޓް 28.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އުލްޔާ އާކުރަމުންދާ ރެކޯޑް، އޭނާގެ ކުރިން އޮތީ އާމިނަތު ސަޖަން އަތުގައެވެ. އެއީ 2016 ވަނަ އަހަރު ބޭއްވި 13 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ވާދަކޮށް އޭނާ ހެދި ރެކޯޑެކެވެ. ސަޖަން ރެކޯޑު ހެދީ 29.81 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން