މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ބައި އިލެކްޝަންގެ ނަތީޖާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މާލޭގެ ތިން ދާއިރާއެއް ހިމެނޭހެން މިއަދު ބޭއްވި ހަ ދާއިރާގެ ބައި އިލެކްޝަންގެ ތެރެއިން، ޕީއެންސީން ވަނީ ފަސް ދާއިރާއެއްގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.
އެ މެންބަރުންނަށް މަރުހަބާ ވިދާޅުވެ، އަބްދުއްރަހީމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާއަކީ ރައީސް މުއިއްޒުގެ ތާއީދު ފަތުއަޑު ކިޔާފައި ރައްޔިތުންގެ ތެރޭގައި އިތުރުވަމުން އަންނަ ކަމުގެ ސާފު ހެކި ކަމަށެވެ.
- ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ކުޅުދުއްފުށި އުތުރު ދާއިރާ ގޮނޑީގެ ބައި އިލެކްޝަން: އިބްރާހިމް އަހުމަދު (ޕީއެންސީ)
- ފ. ބިލެއްދޫ ކައުންސިލުގެ ރައީސް އިންތިހާބުކުރުމުގެ ބައި އިލެކްޝަން: އަރީޝް އިސްމާއިލް (ޕީއެންސީ)
- މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާ ގޮނޑީގެ ބައި އިލެކްޝަން: އަލީ އައިމަން (ޕީއެންސީ)
- މާލެ ސިޓީ ކައުންސިލުގެ މައްޗަންގޮޅި މެދު ދާއިރާ ގޮނޑީގެ ބައި އިލެކްޝަން: ފާތިމަތު އިޝާން އަލީ (ޕީއެންސީ)
- މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާ ގޮނޑީގެ ބައި އިލެކްޝަން: ފާތިމަތު ޝައުފާ ސަލީން (ޕީއެންސީ)
މިއަދު ވަނީ ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ ގޮނޑީގެ ބައި އިލެކްޝަންވެސް ބާއްވައިފައެވެ. އެ ގޮނޑި ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓެވެ.
މީގެ އިތުރުން ޅ އަތޮޅު ކައުންސިލް ރައީސް އިންތިހާބު ކުރުމާއި ރ. ހުޅުދުއްފާރު ކައުންސިލް މެންބަރު އިންތިހާބު ކުރުމާއި ޅ. ހިންނަވަރު އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެންބަރަކު އިންތިހާބު ކުރުމަށްވެސް މިއަދު ބައި އިލެކްޝަން ބާއްވަން ނިންމިއެވެ. ނަމަވެސް އެ ގޮނޑިތަކަށް ކުރިމަތިލީ އެންމެ ކެންޑިޑޭޓެއް ކަމުން ވޯޓެއް ނެތި އެ ކެންޑިޑޭޓުން ވަނީ އިންތިހާބުވެފައެވެ. އެ ގޮނޑިތައްވެސް ލިބުނީ ޕީއެންސީއަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު