ހަ ދާއިރާއެއްގެ ކައުންސިލުގެ ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފިއެވެ.
ވޯޓުލުން ކުރިއަށްދަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ރ. ރަސްމާދޫ އަދި ފ. ބިލެތްދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ކުރުމަށެވެ.
މިއަދު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި ނިމޭ ވަގުތަކީ މިއަދުގެ ހަވީރު 4:00 އެވެ.
ބައި އިލެކްޝަންގައި 25 ފޮށި ބަހައްޓާފައިވެއެވެ.
ވޯޓުލުން ކުރިއަށްދާ ދާއިރާތަކަކީ ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، ހެންވޭރު ހުޅަނދު ދާއިރާ، ކުޅުދުއްފުށި އުތުރު ދާއިރާ، ބިލެތްދޫ ކައުންސިލްގެ ރައީސް އަދި ރަސްމާދޫ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑި އެވެ.
މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންތަކުގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ ޖަމާލުއްދީން ސްކޫލާއި، ހެންވޭރު ދަނޑާއި، ހުޅުމާލެ ރެހެންދި ސްކޫލާއި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައެވެ.
މިއަދުގެ 11 ޖެހި އިރު ވޯޓުލީ މީހުންގެ އަދަދަކީ އަންހެން 7.99 ޕަސެންޓެވެ. އަދި ވޯޓުލި ފިރިހެނުންގެ އަދަދަކީ 92.1 ޕަސެންޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު