ސައުދީއަށް މިއަހަރު މިހާތަނަށް 60 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފި ކަމަށް އެ ގައުމު ޓޫރިޒަމް މިިސްޓްރީން ބުނެފިއެވެ.
ސައުދީގެ ޓުއަރިޒަމް މިނިސްޓަރު، އަހްމަދު އަލް ޚަތީބު ހާމަކުރައްވާފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ގައުމަށް މިއަހަރުގެ މިހާތަނަށް 60 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، އެ މީހުން ޖުމުލަ 38.1 ބިލިއަން އެމެރިކާ ޑޮލަރު ހޭދަ ކޮށްފައިވެއެވެ. މިއީ އެ ގައުމުގެ ފަތުރުވެރިކަމުގެ އާ ރެކޯޑެކެވެ.
ސައުދީގެ ޓުއަރިޒަމް މިނިސްޓްރީން ވަނީ އެ ގައުމު ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތް އިތުރުކޮށްފައެވެ. އެ ގޮތުން ވިޒިޓް ސައުދީ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށާފައިވެއެވެ.
ސައުދީއަށް ގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ އެ ގައުމުގެ ގަދީމީ ތަންތަން ބެލުމުގެ އިތުރުން އެ ގައުމުގެ މޫސުމުގެ ސަބަބުން ކަމަށް ޓުއަރިޒަމް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
ސައުދީން އަމާޒު ހިފާފައިވާ ރަސްގެފާނުގެ 2030 ވިޝަންގެ ދަށުން 2030 ވަނަ އަހަރު އެ ގައުމަށް 150 މިލިއަން ފަތުރުވެރިން ގެންދިއުމަށް ވަނީ ރާވައިފައެވެ. 2023 ވަނަ އަހަރު ސައުދީއަށް ޖުމުލަ 109 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ