އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ރޭ ބުރޫނާއީ އަށް 20 އިމާމުން ފުރައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އެކްސް ޕޯސްޓެއްގައި އިއްޔެ ވިދާޅުވީ
އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ރޭ ބުރޫނާއި ދާރުއްސަލާމަށް ފުރާ 20 އިމާމުންނާ ބައްދަލުކުރެއްވި ކަމަށެވެ.
އެއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ 3 ވަނަ ފަހަރެވެ. މިއަހަރު 60 އިމާމުންވަނީ ރާއްޖެއިން ބޭރަށް އެކި ގައުމުތަކަށް ތަމްރީނު ޕްރޮގްރާމްތަކުގައި ގޮސްފައެވެ.
"އިމާމުންގެ ތަމްރީނު ޕްރޮގްރާމްގެ ދަށުން މިއަހަރު އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ކުވައިތަށް އިމާމުން ދަތުރު ކުރާނެ" ޑރ. ޝަހީމް ވިދާޅުވިއެވެ.
އިމާމުން ތަމްރީނު ކުރުމަށް ތައިލެންޑް ފަދަ ދީނިީ އިލްމުގެ ރޮނގުން ކުރިއަރާފައިވާ ގައުމުތަކަށް ދިވެހިން ފޮނުވުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ މިއަހަރުގެ ޖެނުއަރީ 30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވި އިމާމުން އިރުތަށް ތަމްރީނުކޮށް ތާޒާކުރުމަށް ބެއްވި ޖަލްސާގައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އެ ޕްރޮގްރާމުތަކުގެ މައިގަނޑު ބޭނުމަކީ މިހާރު މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި ބައެއްގެ ގޮތުގައި ހިމެނުން ކަމަށާއި ހަމައެކަނި ސެޓްފިކެޓް ކޯސް ހަދާފައި ތިބޭ ތިބުން ނިމުމަކަށް ގެނައުން ކަމަށެވެ. އަދި އިމާމުންނަކީ އިލްމީގޮތުން ފުންނާބުއުސް މައުލޫމާތު ހުރި، އިލްމުވެރިން މެދުވެރިކޮށް އުނގަންނައިދެވިފައިވާ ވަރުގަދަ ޝަހުޝިއްޔަތުތަކަކަށް ހަދަން ބޭނުންވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު