ރާއްޖޭގައި މި ދުވަސްވަރު މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، މިފްކޯގެ ގިނަ ފިހާރަތަކުން ކަނޑުމަހުގެ ގިނަ ބާވަތްތައް ހުސްވެއްޖެ އެވެ.
މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވާތީ، އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން، މިފްކޯއިން މިއަދު ބުނީ، އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވުމާއި ގުޅިގެން އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި ކަނޑުމަސް ލިބުން ދަތިވެފައި ވަނީ މި ދުވަސްވަރު މަސްވެރިކަން ދަށްވުމުގެ ސަބަބުން ކަމަށެވެ.
"މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މިވަގުތު ނުވަތަ މިދުވަސްވަރު މަދުވުން ނުވަތަ ހުސްވެފައި ވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން،" މިފްކޯއިން ބުންޏެވެ.
މިފްކޯއިން މަސްވެރީން އަތުން މިހާރު މަސް ގަންނަނީ ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގަށް ރިއާޔަތްކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު