ސަރުކާރުގެ ވިޔަފާރި ކުންފުނި, އެސްޓީއޯ އިން ކުޅުދުއްފުށި ސިޓީގައި ހަދަން ނިންމި ފުށް ފެކްޓަރީގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުޑް ސެކިއުރިޓީ ޔަގީންކުރުމަށް ފުށް ފެކްޓަރީއެއް އަޅަން ނިންމީ ހުސެއިން އަމްރުގެ މެނޭޖިން ޑިރެކްޓަރުކަމުގައި 2021 ވަނަ އަހަރުއެވެ. އެ ފެކްޓަރީ ފުރަތަމަ އަޅަން މަސައްކަތް ކުރީ މާލެ ސަރަހައްދުގައެވެ. ނަމަވެސް ފެކްޓަރީ ކުޅުދުއްފުށީގައި އަޅަން ނިންމައި, 2022 ވަނަ އަހަރު އެ ސިޓީން ބިމެއްވެސް ކަނޑައެޅިއެވެ.
ހުޅުލޭގައި ހުންނަ ސީޕްލޭން ޓާމިނަލުގައި ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝިމާދު ވިދާޅުވީ ފުށް ފެކްޓްރީ އަޅަން ފަހުން ހެދި ފީސިބިލިޓީއަށާއި ކުރަން ހުރި ހަރަދުތަކާ އަޅައި ބަލާއިރު، އެކަމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށެވެ.
އެހެންވެ އެ މަސައްކަތް ކުރިއަށް ނުގެންދަން ބޯޑުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު