މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީން) ދޭ ނޫސްވެރިކަމުގެ އެވޯޑަށް 80 އަށްވުރެ ގިނަ ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

އެމްއެމްސީން މިރޭ ބުނީ އެވޯޑަށް ކުރިމަތިލުމުގެ ސުންގަނޑި މިއަދަށް ހަމަވި އިރު، 18 ކެޓެގަރީއަކަށް 88 ހުށަހެޅުން ލިބިފައިވާ ކަމަށެވެ. އެ 18 ކެޓެގަރީއަކީ؛

  • ތަހުގީގީ ނޫސްވެރިކަން
  • އިޖުތިމާއީ ދާއިރާ
  • ސިޔާސީ ދާއިރާ
  • ޝަރުއީ އަދި ޤާނޫނީ ދާއިރާ
  • ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  • ވީޑިއޯ ޑޮކިއުމެންޓްރީ
  • ގްރެފިކްސް އާއި އިލެސްޓްރޭޝަން
  • ފީޗާ
  • ތާރީހާއި ސަގާފަތް
  • މުނިފޫހިފުލުވުމާއި ފަންނުވެރިކަން
  • ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ
  • އޯޑިއޯ ޖާނަޒިލް
  • އަހަރުގެ އެންމެ މޮޅު ކަވަރޭޖް
  • އުންމީދޫ ނޫސްވެރިޔާ
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ
  • އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުން

އެމްއެމްސީން ބުނީ އެ ދާއިރާތަކުގެ ތެރެއިން އޯޑިއޯ ޖާނަލިޒަމް އާއި އަތޮޅު ތެރޭގެ އެންމެ މޮޅު އުފެއްދުން ފިޔަވައި ހުރިހާ ދާއިރާތަކަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ދިނުމުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ މަހުއެވެ.