ރަޝިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުން ދޫކޮށްލަން އެއްބަސްވެއްޖެއެވެ.

ރަޝިއާއާއި ޔޫކްރޭންއާ ދެމެދު ކުރަމުންގެންދާ ހަނގުރާމައިގައި އިންޑިއާގެ ގިނަ ބަޔަކު ދަނީ ސީދާ ގޮތުން ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި އިންޑިއާގެ އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރި މީހުންނާއި އާންމުންވެސް ހިމެނެއެވެ. އަދި ހަނގުރާމައިގައި އިންޑިއާގެ ދެ މީހަކު މަރުވެފައިވާ ކަމަށް ރަޝިއާ އިން ބުނެފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ވްލަޑިމިއަ ޕޫޓިން އާއެކު ބޭއްވި ސިއްރު ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ރޮއިޓާސްގައި ބުނެފައިވާ ގޮތުން އެ ބައްދަލުވުމުގައި އެ މައްސަލަ ނަގާފައިވަނީ މޯދީއެވެ. އަދި އެ މަޝްވަރާތަކަށްފަހު ރަޝިއާ ފަޅިން ހަނގުރާމައިގައި ބައިވެރިވާ އިންޑިއާގެ އެންމެން އަނބުރާ ގައުމަށް ފޮނުވާލަން އެއްބަސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.