އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުން އިއުލާންކޮށްފިއެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ނެޓްވޯކިން ބައްދަލުވުމެކެވެ. އެ އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ފެށި ހަތްވަނަ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގައި ދުނިޔޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާއިރު، ކޮންގްރެސްގެ ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީ ޕާޓްނަރުންގެ ގޮތުގައި ފަސް ކުންފުންޏެއް ވަނީ އިއުލާންކޮށްފައެވެ. އެއީ:

  • އޭވިއާ މޯލްޑިވްސް
  • މާގިރި ހޮޓެލް
  • ސްކައިޓުއަރސް މޯލްޑިވްސް
  • ވިލާ ޓްރެވަލްސް
  • މޯލްޑިވްސް ފްލައިޓް ސަޕޯޓް

އެމްއޭސީއެލް އިން ބުނީ، މި ކޮންގްރެސްގައި މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ބައިވެރިވާ ގޮތަށް ހަަމަޖެހިފައިވާ ކަމަށެވެ.

ކޮންގްރެސްގެ ރިސޯޓް ޕާޓްނަރުންނަކީ ޝެރަޓަން މޯލްޑިވްސް، ފުލް މޫން ރިސޯޓް އެންޑް ސްޕާ އަދި ސައީ ލެގޫންއެވެ. ވެނޫ ޕާޓްނަރަކީ ކުރުނބާ މޯލްޑިވްސް އެވެ. ޑިޖިޓަލް ޕާޓްނަަރަކީ ދިރާގެވެ. ސީޕްލޭން ޕާޓްނަރަކީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ. އެއާލައިން ޕާޓްނަަކީ އެމިރޭޓްސް އެއާލައިނެވެ. އޭވިއޭޝަން ޕާޓްނަރަކީ މޯލްޑިވިއަންއެވެ.

މީޑިއާ ޕާޓްނަރުންގެ ގޮތުގައި އައިލެންޑް ޗީފް، ޓްރެވަލް ޓްރޭޑް މޯލްޑިވްސް، ހޮޓެލިއާ މޯލްޑިވްސް، ދަ އެރައިވަލް އަދި ޓްރެވަލިއުޝަން މީޑިއާ ހިމެނެއެވެ.