މަރާމާތަށް ފަހު، މޯލްޑިިވިއަންގެ އެއާބަސް އޭ-320 މިއަދު ރާއްޖެ އަންނާނެ ކަމަށް ގައުމީ އެއާލައިން ހިންގާ، އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ބުނެފިއެވެ.
މޯލްޑިވިއަން އިިން އިއްޔެ ބުނި ގޮތުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ، މާލެ އިން ޑާކާއަށް ދަތުރުކުރާ Q2-502 އަދި Q2-2502 ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. އެއީ ރޭ 6:35 ގައި އޮތް ފްލައިޓާއި ފަތިހު 4:45 ގައި ޑާކާއަށް ދަތުރުކުރުމަށް ޝެޑިއުލް ކޮށްފައިވާ ފްލައިޓެވެ.
އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ، ކުދިކުދި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން، އޭޝިއާގައި އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތްދެމުން އަންނަ މެލޭޝިއާގެ ސެޕަންގް އިންޖިނިއަރިން މެއިންޓެނެންސްގައި މޯލްޑިވިއަންގެ އެ ބޯޓު މަރާމާތުކުރުމަށް ފަހު، މިއަދު މެންދުރުފަހު ރާއްޖެ އަންނާނެ ކަމަށެވެ.
"އަދި މިރޭ 9:00 ގައި ރާއްޖެއިން ޑާކާއަށް ކޮމާޝަލް ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އޭ-320 ގައި ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް އަލުން ފަށާނެ" އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
މޯލްޑިވިއަންގެ އެއާބަސް އޭ-320 އަކީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ އެންމެ ބޮޑު ބޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު