ދެކުނު ކޮރެއާގައި ރޮބޮޓެއް އަމިއްލައަށް މަރުވުމުން ތަހުގީގު ފަށައިފިއެވެ.

ދެކުނު ކޮރެއާގެ މެދުތެރޭ ގުމީ ސިޓީގެ މުނިސިޕަލްޓީގައި އާންމުންގެ ހިދުމަތުގައި ބޭނުންކުރި ރޮބޮޓެއް އަމިއްލައަށް މަރުވުމަށް ސިޑިއަކުން ފުންމާލި ކަމަށް އޮފިޝަލުން ތުހުމަތު ކުރެއެވެ.

އެ ސިޓީގެ މުނިސިޕަލް އޮފިޝަލުން ވަނީ އާންމުންނަށް އެ ރޮބޮޓު އެހީތެރިވެދީ އުޅޭތާ އަހަރެއް ވެފައިވާނެ ކަމަށް ބުނެފައެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެ ރޮބޮޓްގެ މަސައްކަތުގެ ރޭޓު ދަށްވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މަންޒަރު ދުށް މީހަކާ ހަވާލާދީ އޮފިޝަލުން ވަނީ އެ ރޮބޮޓު ސިޑިން ފުންމާލުމުގެ ކުރިން އަމިއްލައަށް އެނބުރިފައިވާ ކަމަށާއި ސިޑިން ވެއްޓުމާއެކު ރޮބޮޓު ރޫޅިފައިވާ ކަމަށްވެސް ބުނެފައެވެ.

އޮފިޝަލުން ވަނީ އެ ރޮބޮޓު އުފެއްދި ކުންފުނި، އެމެރިކާގެ ބެއާ ރޮބޮޓިކްސް އިން ވަނީ އޭގެ ބައިތައް ނަގައި ހާއްސަ ތަހުގީގެއް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ.