ޒިނޭކުރިކަން ސާބިތުވި ދެ މީހެއްގެ ގައިގައި ހައްދު ޖަހަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ ދެ މީހުންގެ ތެރެއިން އަންހެން މީހާއަކީ ހ.ބެންކޮކް،މަރިޔަމް ހަނާއެވެ. ފިރިހެން މީހާއަކީ މ.ގްރީންފިޝް، އަހުމަދު މާއިޝް މުހައްމަދެވެ.
މި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ، ޒިނޭކުރުމުގެ ކުށުން އެ ދެ މީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.
އެހެންކަމުން ގާނޫނުލްއުގޫބާތުގެ ދަށުންނާއި އެ މީހުންގެ އިއުތިރާފުގެ އެއްބަސްވުން ބަލައިގަތުމަށް ނިންމާފައިވާތީ، ޖިނާއީ އިޖުރާއަތު ގާނޫނަށް ރިއާޔަތްކޮށް، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަނާއާއި މާއިޝް، 100 އެތިފަހަރުން ޖަލްދުކުރުމަށާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަށް ގޭ ބަންދުކުރުމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު