ސައުދީން އިންތިޒާމުކޮށްގެން އިންޑިއާގައި ޖުލައިމަހަކީ ''އަރަބި ބަހުގެ މަސް'' ކަމުގައި ފާހަގަކުރަން ނިންމައިފިއެވެ.
ސައުދީ އަރަބިއްޔާގެ ދަ ކިންގް ސަލްމާން ގްލޯބަލް އެކަޑެމީ އޮފް އަރަބިކް ލެންގުއޭޖް އިން އިންތިޒާމުކޮށްގެން ކުރިޔަށްދާ އެ ޕްރޮގުރާމް އިންޑިއާގައި ފަށާފައި ވަނީ އިއްޔެއެވެ.
ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވާ އެ ޕްރޮގްރާމް މިފަހަރު ކުރިޔަށްދަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި ކެރެލާގައި ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އެ ޕްރޮގްރާމުގެ މަގުސަދަކީ އިންޑިއާގައި އަރަބި ބަހުގެ އިލްމު ގިނަމީހުންގެ މެދުގައި އިތުރުކޮށް އަރަބި ކިޔަވައިދޭ ޓީޗަރުން ތަމްރީނުކޮށް އަރަބި ބަހާއި މެދު ދެކޭގޮތް ރަނގަޅު ކުރުން ކަމަށް އެ އެކަޑެމީން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ