ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމަށް ތުހުމަތުވާ މައްސަލައިގައި ހައްޔަރުކުރި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް ސަލީމާއި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްގެ ބަންދަށް އިތުރު ހަތް ދުވަސް ކުރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.
އެންމެ ފުރަތަމަ އެ ދެ މީހުން ހައްޔަރުކޮށް ބަންދަށް ޖެހި ހަތް ދުވަސް މިއަދަށް ވަނީ ހަމަވެފައެވެ.
ފުލުހުން ބުނީ، އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ހަތް ދުވަހަށް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ.
އެ މައްސަލައިގައި ޝަމްނާޒާއި އޭނާގެ ކޮއްކޮ ސަނާގެ އިތުރުން ސިހުރު ހެދި ކަމަށް ތުހުމަތުކުރާ ތ. ކިނބިދޫ ހުސައިން ސަމީރު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށެވެ.
ސިހުރު ހެދިކަމަށް ތުހުމަތުކުރާ މައްސަލައިގައި ޝަމްނާޒު ވަނީ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑުވެސް ކޮށްފައެވެ. ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. ޝަމްނާޒްގެ އިތުރުން ރަމީޒުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު