ރަޝިޔާގެ ސެޓަލައިޓެއް ޖައްވުގެ ތެރޭގައި ގޮވައިފިއެވެ.
އެމެރިކާގެ ސްޕޭސް އެޖެންސީން ވަނީ ރަޝިޔާގެ ސެޓަލައިޓު ޖައްވުގެ ތެރޭގައި ގޮވާފައިވާކަމަށާއި އެކަމުގެ ސަބަބުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ތިބި އެސްޓްރަނައުޓުން އިމަޖެންސީ ރައްކާތެރިކަމަށް ބަދަލު ކުރިކަމަށް ބުނެފައެވެ.
ރަޝިޔާއިން 2022 ވަނަ އަހަރުން ފެށިގެން ބޭނުން ކުރުން ހުއްޓާލައިފައިވާ އެ ސެޓަލައިޓު ގޮވުމާއެކު ޖައްވުގެ ތެރޭގައި 100 އަށްވުރެ ގިނަ ބައިތައް ދައުރުވަމުން އަންނަ ކަމަށް އެމެރިކާގެ ސްޕޭސް އެޖެންސީން ފާހަގަކޮށްފައިވެއެވެ.
އެމެރިކާގެ ސްޕޭސް އެޖެންސީން ވަނީ އެ ސެޓެލައިޓު ގޮވާފައިވަނީ އައިއެސްއެސް އާއި ދާދި ކައިރިން ކަމަށާއި މިކަމުގެ ސަބަބުން އައިއެސްއައެސްގެ އެސްޓްރޮނައުޓުން އިމަޖެންސީ ޝެލްޓާ ގައި ގަޑިއެއްހާއިރު ތިބެން ޖެހުނު ކަމަށް ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ