ޔޫރޯ 2024 ގައި ކުޅޭ 36 ވަނަ މެޗުގައި ޖޯޖިއާއާއި ޕޯޗުގަލް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ޕޯޗުގަލްއިން ވަނީ އެއްވަނަ ޔަގީން ކޮށްފައި. އެހެންކަމުން އެޓީމުގެ ފުރަތަމަ 11 އިން ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވޭ. އެހެން ނަމަވެސް ޕޯޗުގަލް ކޯޗު މާޓިނޭޒް ބުނީ ރޮނާލްޑޯއާއި ކީޕަރު ޑިއޯގޯ ކޮސްޓާ ރެސްޓް ނުކުރާނެ ކަމަށް. ޖޯޖިއާއަށްވެސް ގަދަ 16 ގެ ފުރުސަތު އެބައޮތް. ޖޯޖިއާ ފުރަތަމަ ފަހަރަށް މުބާރާތެއްގައި ވާދަކުރަމުންދާ އިރު، މިއީ އެޓީމަށް ތާރީހީ މުބާރާތެއް.
- ކަވަރަޓްސްޝޭލިއާ އަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ އުންމީދީ އެއް ވިންގް
- ކަވަރަޓްސްޝޭލިއާއަށް މިހާރުވެސް ބޮޑެތި ކްލަބުތަކުން ލޯ އަޅަމުންދޭ
- ކަވަރަޓްސްޝޭލިއާގެ އެންމެ މުހިއްމު އައިޑަލްއަކީ މިރޭ ޕޯޗުގަލް ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ނުކުންނަ އަލް ނަސްރުގެ ފޯވަޑް، ކްރިސްޓިއާނޯ ރޮނާލްޑޯ
- ރޮނާލްޑޯ ޔޫރަޕްގައި ނުކުޅޭތީ ކްލަބަށް ކުޅޭ ކުޅުމުގައި ކަވަރަޓްސްޝޭލިއާއަށް ރޮނާލްޑޯއަށް ދެކޮޅަށް ކުޅެލަން ފުރުސަތު ނުލިބޭ ނަމަވެސް، މިރޭ އޭނާ ހުރީ ޖާޒީ ހިފައިގެން ދާން ތައްޔާރަށް
- ރޮނާލްޑޯއަކީ ކަވަރަޓްސްޝޭލިއާގެ ބޯއީހުޑް އައިޑަލް، ރޮނާލްޑޯއާއެކު، ރޮނާލްޑޯއާ ދެކޮޅަށް ކުޅެލަން ކަވަރަޓްސްޝޭލިއާ އަބަދުވެސް އުންމީދުކުރި. ރޮނާލްޑޯ މިހާރު ޔޫރަޕްގައި ނުކުޅޭތީ ކްލަބު ފުޓުބޯޅައިގައި އެ ފުރުސަތެއް ނުލިބޭ.
- ކަވަރަޓްސްޝޭލިއާ ޕްރި މެޗު ޕްރެސްގައި އިތުރަށް ބުނީ ޕޯޗުގަލް އެއްވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ކޮލިފައިވެފައި އޮތުމަކީ އެޓީމަށް މެޗުގެ މުހިއްމުކަން ކުޑަވާނެ ކަމެއް ކަމަށާއި، ޖޯޖިއާއަށް މެޗުން މޮޅުވުން މާ މުހިއްމު ކަމަށް
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024