ޔޫރޯ 2024 ގައި ކުޅޭ 33 ވަނަ މެޗުގައި ސްލޮވާކިއާއާއި ރުމޭނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަން "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނަ އިރު، ސްލޮވާކިއާއަށް އޮތީ ބަލިނުވުން. އެޓީމަށް ބަލިނުވެ، ޕޮއިންޓަކާއެކުވެސް ގަދަ 16 ޔަގީން ކުރެވިދާނެ. އެޓީމަށް މޮޅަކާއެކު ގްރޫޕް އެއްވަނައަށް ޖެހިލުމަށްވެސް ފުރުސަތު އެބައޮތް. އަނެއްކޮޅުން ނުކުންނަ ރުމޭނިއާއަށްވެސް ގަދަ 16 ޔަގީންކުރަން ފުރުސަތު ބޮޑު، ރުމޭނިއާއަށްވެސް ބޭނުންވަނީ ޕޮއިންޓެއް. ރުމޭނިއާ ކަޓާނެ ހާލަތަކީ މިރޭގެ މެޗުން ބަލިވެ، ޔުކްރެއިން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ.

  • އެޑްވާޑް ލޯޑަނެސްކޫ - ރުމޭނިއާ

"ކުޅުންތެރިންނަށް އޮތް ޗެލެންޖަކީ ގަދަ 16 އިން ޖާގަ ހޯދައި، ތާރީހުގައި ލިޔެލުން. އަހަރެމެންގެ އަމާޒަކީ ޖާގަ ކަށަވަރު ކުރުން. ގްރޫޕުގެ އެއްވަނަ ހޯދަންވެސް ބޭނުން. އެކަމަކު އެންމެ މުހިންމު ކަމަކީ ގަދަ 16ގެ ޖާގައެއް ހޯދުން. ޓީމުގައި އައިޑެންޓިޓީއެއް އެބަ އޮތް. އަދި ޓީމުގައި ހިތްވަރު ހުރިކަންވެސް މިހާރު ސަޕޯޓަރުންނަށް އެނގޭނެ،"

  • ފްރެންޗެސްކޯ ކަލްޒޯނާ - ސްލޮވާކިއާ

"އަހަރެމެން ކުޅުމުގެ އަމިއްލަ ސްޓައިލެއް އެބަ ގެންގުޅެން. އަހަރެން ބޭނުމެއް ނޫން އެ ކުޅުމުގެ ސްޓައިލް ބަދަލުކުރާކަށް. އަހަރެމެން ނުކުންނާނީ އެ ކުޅުމާއެކު ރުމޭނިއާ ބަލިކޮށްގެން ގަދަ 16ގެ ޖާގައެއް ކަށަވަރުކުރަން. ވަކި ކުޅުންތެރިއެއް ފާހަގަނުވި ނަމަވެސް، ޓީމެއްގެ ގޮތުގައި ރުމޭނިއާ އަކީ ވަރަށް ނުރައްކާ ޓީމެއް. އެއީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ހިތްވަރާއެކު މަސައްކަތްކުރާ ޓީމެއް.ޗރޫމޭނިއާގައި ރަނގަޅު ސްކޮޑެއް އެބައޮތް،"