ގޭގައި ހުރެގެން ފިޒިއޯތެރަޕީ ފަރުވާ ލިބޭ "ހޯމް ކެއާ" ހިދުމަތް ޓްރީޓޮ ޕް ހޮސްޕިޓަލުން މިއަދު ތައާރަފުކޮށްފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މިއަދު ތައާރަފުކުރި "ހޯމް ކެއާ" ހިދުމަތުގެ ދަށުން، ފިޒިއޯތެރަޕީ ހެދުމަށް ބޭނުންވާ މީހުންނަށް ހޮސްޕިޓަލަށް ނައިސް، ގޭގައި ތިބެގެން ފިޒިއޯތެރަޕީގެ ހިދުމަތް ލިބެން ހުންނާނެ ކަމަށެވެ.
"ހޯމް ކެއާ" ހިދުމަތުގެ ސަބަބުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި ތަދުތަކަށް ދިގު މުއްދަތަށް ފަރުވާ ހޯދާ ފަރާތްތަކާއި ޕޯސްޓް ސާޖަރީ ފަރުވާ ބޭނުންވާ ފަރާތްތަކާއި އަދި އެހެނިހެން އަނިޔާތަކާ ހުރެ ހިނގާބިނގާވެ އުޅުމަށް ދަތިވާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް އިން ބުނީ "ހޯމް ކެއާ" ހިދުމަތް މިވަގުތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެއައް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރުން އެހެން ސަރަހައްދުތަކަށް ވެސް އެ ހިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވާ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
- ޕޯސްޓް ސާޖިކަލް ރިހެބިލިޓޭޝަމް
- ސްޓްރޯކް ރިހެބިލިޓޭޝަން
- ކްރޯނިކް ރިހެބިލިޓޭޝަން
- ހެނދުނު: 7:00 އިން 9:00 އަށް
- ރޭގަނޑު: 8:00 އިން 10:00 އަށް
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު