ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 58 ޕަސަންޓު ނިމިއްޖެއެވެ.
އެ މަޝްރޫއު ކުރިޔަށްގެންދާ އެމްޓީސީސީން އިއްޔެ ބުނީ މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބޮޑު ހިލައިގެ ހަތް ވަނަ ޝިޕްމަންޓު ޕްރޮޖެކްޓު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާ ރިވެންޓްމަންޓު މަސައްކަތުގެ 55 ޕަސަންޓު ނިންމާފައިވާ އިރު، ގްރޮއިން މަސައްކަތުގެ 65 ޕަސަންޓު މަސައްކަތް ނިންމާފައިވާ ކަމަށެވެ.
އެ މަޝްރޫއު ދަށުން 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖެހުމާއި 115 މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެވެ.
މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 34.61 މިލިއަން ރުފިޔާއަށެވެ
ޚަބަރު
ޚަބަރު
ޚަބަރު