ގެއްލިގެން ހޯދަމުންދިޔަ ފުވައްމުލަކު ސިޓީ ދިގުވާޑު/ އެފްރޯގެ، އަހުމަދު އިޔާޒް ވަސީމުވެސް ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ، އިޔާޝް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އޭނާގެ އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.

އުމުރުން 24 އަހަރުގެ އިޔާޒް ގެއްލިގެން ހޯދަން ފެށީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.