ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ސިޔާސަތަކާއި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު ކެބިނެޓް ލަފާފުޅުގެ މަތިން ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައިކޮށް، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކެބިނެޓުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދިއުމަށްވެސް ރައީސް އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު