އިންޑިއާގައި ވިހަ ބަނގުރާ ބޮއިގެން މަރުވި މީހުންގެ އަދަދު 50 އިން މައްޗަށް އަރައިފިއެވެ.
ޓަމިލްނާޑޫގެ ކައްލަކުރުޗީ ޑިސްޓްރިކްޓްގައި މިދިޔަ ހަފުތާގައި ބަނގުރާ ބުއި ބަޔަކު ބަލިވެ އެ ސްޓޭޓްގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލުގައި 100 އަށްވުރެ ގިނަ މީހުން ބަލިވެގެން ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ބަނގުރާ ބޮއިގެން ބަލިވި މީހުން ބޭރަށް ހިންގައި ހޮޑުލައި ވަރުދެރަވެ ސިއްހީ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. މިހާތަނަށް 53 މީހަކު މަރުވެފައިވާއިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޓަމިލްނާޑޫގެ ޗީފް މިނިސްޓަރު، ވަނީ އެމީހުން ބޮއިފައިވަނީ އަމިއްލައަށް ކައްކައިގެން އުފެއްދި ރާކަމަށާއި އެ ރާ ކެއްކުމުގެ ތެރޭގައި ވިހަ މާއްދާއެއް އުފެދި އެކަމުގެ އަސަރު އެ ބުއި މީހުންނަށް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، އެ ބަނގުރާ ވިއްކާފައިވަނީ އެ ގައުމުގައި ދިރިއުޅޭ ފަގީރު މަސައްކަތްތެރީންނަށެވެ.
އިންޑިއާގައި ކޮންމެ އަހަރަކުވެސް ވިހަ ބަނގުރާ ބޮއިގެން ގިނަބަޔަކު މަރުވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. ނަމަވެސް ޓަމިލްނާޑޫގައި މިފަހަރު ހިނގާފައިވާ ހާދިސާއަކީ ކުރީން ހިނގި ހާދިސާތަކަށްވުރެ މަރުވި މީހުންގެ އަދަދު އިތުރު ހާދިސާއެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ