އެމެރިކާގެ ކޮލެޖްތަކުން ގްރެޖުއޭޓްވާ ބޭރުމީހުންނަށް ގްރީން ކާޑު ދޭން ޖެހޭ ކަމަށް އެ ގައުމުގެ ރިޔާސީ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ ސިލިކޮން ވެލީ ޓެކް އިންވެސްޓާސް އިން ކުރިޔަށް ގެންދިޔަ ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރަމްޕް ވިދާޅުވީ ނުވާނެ ކަންކަމަށް އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށާއި ވައުދުވެސް ނުވާނެކަމަށެވެ. އެމެރިކާގެ ކޮލެޖަކުން ގްރެޖުއޭޓް ވެއްޖެ ނަމަ އެމެރިކާގެ ގްރީން ކާޑު ލިބޭނެ ކަމަށާއި އަދި އިތުރަށް ކިޔެވުމަށް އެ ގައުމުގައި ތިބުމަށް ފަސޭހަވެގެން ދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ގްރީން ކާޑަކީ އެމެރިކާގެ އިމިގްރޭޝަނުން ދޫކުރާ އެ ގައުމުގައި ދިރިއުޅޭ ކަމުގެ ކާޑެކެވެ. އެކާޑު އޮންނަ ފަރާތްތަކުން އެ ގައުމުގައި ދިރިއުޅެ ދާއިމީކޮށް މަސައްކަތް ކުރުމުގެ އިތުރުން އެމެރިކާގެ ރަށްވެއްސަކަށް ވުމަށް ބޭނުންވާ ކަންކަން ފުރިހަމަވުމަށް މަގުފަހިކޮށްދެއެވެ.
އެމެރިކާގެ ރިޔާސީ ރޭހުގައި ޑޮނަލްޑް ޓްރަމްޕްގެ އިތުރުން މިހާރުގެ ރައީސް ޖޯ ބައިޑަން ވެސް ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ