ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓުބޯޅަ މުބާރާތް، ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ ބުރުގެ ކުޅުން ނިމިއްޖެއެވެ. ދެން އޮތީ އެންމެ ފަހު މެޗުތަކެވެ. މިރޭން ފެށިގެން ކޮންމެ ގްރޫޕެއްގެވެސް މެޗުތައް އޮންނާނީ އެއްގަޑިއެއްގައެވެ. މިރޭ ގްރޫޕް އޭގައި ޖަރުމަނުން ސްވިޒަލޭންޑާ ދެކޮޅަށް ނުކުންނަ އިރު، ހަންގޭރީން ނުކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. އެ ގްރޫޕުގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ޖަރުމަނަށް ގަދަ 16 ޔަގީންވެފައި އޮތް އިރު، އަނެއް ތިން ޓީމަށްވެސް ފުރުސަތު އެބައޮތެވެ.
- ޖަރުމަނު
ޖަރުމަނު މިހާރުވެސް އޮތީ ގަދަ 16 އަށް ދަތުރު ކޮށްފައެވެ. އެޓީމުން މިރޭ ސްވިޒަލޭންޑް ކައިރިން ޕޮއިންޓެއް ހޯދިޔަސް ގްރޫޕްގެ އެއްވަނަ ޔަގީންވާނެއެވެ.
- ސްވިޒަލޭންޑް
ޖަރުމަނު ކައިރިން ބަލިނުވެ ހިފަހައްޓާލައިފިނަމަ، ސްވިޒަލޭންޑް ގަދަ 16 އަށް ދާނެއެވެ. ޖަރުމަނު ކައިރިން ސްވިޒަލޭންޑް ބަލިވި ނަމަވެސް، ސްކޮޓްލޭންޑަށް ހަންގޭރީ ބަލި ނުކުރެވިއްޖެނަމަވެސް ސްވިޒަލޭންޑަށް ގަދަ 16 އަށް ފުރުސަތު އޮންނާނެއެވެ. ސްވިޒަލޭންޑް ބަލިވެ، ސްކޮޓްލޭންޑް މޮޅުވެއްޖެ ނަމަ، ދެން ސްކޮޓްލޭންޑާ ސްވިޒަލޭންޑްގެ މެދުގައި ބަލާނީ ފައިދާ ގޯލުގެ ތަފާތަށާއި، ގޯލު ޖެހި އަދަދު، އަދި ޑިސިޕްލިނަރީ ޕޮއިންޓަށެވެ. އޭގެފަހުން ގޮތެއް ނުނިންމޭ ނަމަ، ދެން ބަލާނީ ކޮލިފިކޭޝަން ރޭންކިންނަށެވެ. ޖަރުމަނު ބަލިކޮށް، ސްވިޒަލޭންޑަށް ގްރޫޕްގެ އެއްވަނަ ހޯދޭނެއެވެ.
- ސްކޮޓްލޭންޑް
ސްކޮޓްލޭންޑަށް ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 ޔަގީންކުރަން، ސްވިޒަލޭންޑް ޖަރުމަނު ކައިރިން ބަލިވާން ޖެހެއެވެ. އަދި އެ ފުރުސަތު ސްވިޒަލޭންޑަށް ލިބޭނީ ކުރިން ލިޔުނު ތަރުތީބުން ތާވަލަށް ބަލައިގެންނެވެ. މިރެ ހަންގޭރީ ކައިރިން ބަލިވެއްޖެނަމަ، ދެން ސްކޮޓްލޭންޑަކަށް ގަދަ 16 އަށް ނުލިބޭނެއެވެ.
- ހަންގޭރީ
ހަންގޭރީއަށް މިހާރު އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި ހިމެނޭނެ ފުރުސަތެއް ނެތެވެ. އެޓީމަށް ކިރިޔާވެސް އުންމީދެއް އޮތީ މިރޭގެ މެޗުން މޮޅުވެގެންނެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024