ޔޫރޯ 2024 ގެ 24 ވަނަ މެޗުގައި ބެލްޖިއަމާއި ރުމޭނިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
ބެލްޖިއަމް މިރޭގެ މެޗަށް ނުކުންނާނީ ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން ބަލިވެފައި އޮވެގެން. އެ މެޗުގައި ބެލްޖިއަމްއިން ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލި އިރު، ބަލިވީ 1-0 ގެ ނަތީޖާއަކުން. ރުމޭނިއާ މުބާރާތް ފެށީ ފޯމުގައި. އެޓީމުން ޔުކްރެއިން ބަލިކުރީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން. އެހެންކަމުން މިރޭގެ މެޗުން މޮޅުވެ، ރުމޭނިއާއަށް ގަދަ 16 ޔަގީންކުރެވޭނެ.
ފަހަކަށް އައިސް ބެލްޖިއަމަށް ބޮޑެތި މުބާރާތްތަކުގައި އުނދަގޫތަކާ ދިމާވެފައިވޭ. 2022 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން އެޓީމު ކެޓި އިރު، އެންމެފަހުން ދެ ޔޫރޯގައިވެސް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށް. މިރޭ ބަލިވެއްޖެނަމަ، ބެލްޖިއަމް ކެޓުމުގެ ފުރުސަތު މިފަހަރުވެސް އޮތީ ބޮޑުކޮށް. ބެލްޖިއަމްގެ ރަން ޖީލަށް ނިމުން އަންނަ ވާހަކައަކީ ޔޫރޯ 2024 ފެށުމުގެ ކުރިންވެސް އެންމެ ބޮޑަށް ދެކެވެމުން އައި ވާހަކައެއް. އެޓީމުގައި ތިބި ސުޕަ ސްޓާރުންގެ އުމުރު މަތިވެ، ގައުމުގެ ފުޓުބޯޅަ ދަށަށް ދާ މަންޒަރު ފެންނަ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައިވޭ. އެ ފާހަގަ ކުރި ކުރުމަށް އިތުރު ޕްރެޝަރަކަށްވީ ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން 1-0 އިން ބަލިވުމުން. މިރޭގެ މެޗުން މޮޅު ނުވެވިއްޖެނަމަ، އެއީ ބޮޑު ޕްރެޝަރަކަށް ވާނެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024