ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވެރިޔާ ޝެއިހް ސާލިހް އަލް ޝައިބާ އަވަހާރަވެއްޖެއެވެ.
ގެފުޅުގެ ތަޅުދަނޑިކޮޅުގެ ވެރިޔާ ޝެއިހް ސާލިހް އަލް ޝައިބާ އަވަހާރަ ވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ސައުދީ އަރަބިއްޔާގައެވެ.
ހިޖުރައިން އަށް ވަނަ އަހަރު މުސްލިމުން މައްކާ ފަތަހަ ކުރުމަށްފަހު ހިނގި ހާދިސާތަކަށްފަހު ކީރިތި ރަސޫލާ ﷺ ވަނީ ގެފުޅުގެ ތަޅުދަނޑި އަލީގެ ފާނު މެދުވެރިކުރައްވައި އުސްމާން އިބްނި ތަލްހާއާ ހަވާލު ކުރައްވައިފައެވެ. އޭގެ ފަހުން ގެފުޅުގެ ތަޅުދަނޑި އޮންނަނީ އުސްމާން އިބްނި ތަލްހާ އާއިލާގައެވެ.
ޝެއިހް ސާލިހް އަލް ޝައިބާ އަކީ އެއާއިލާއިން ގެފުޅުގެ ތަޅުދަނޑިއާ ހަވާލުވެވަޑައިގެން ހުންނެވި 109 ވަނަ ބޭފުޅާއެވެ. އެ މަނިކުފާނުގެ ޖަނާޒާ މިއަދު މައްކާގެ އަލް މުއައްލާ ސަހަރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޝެއިހް ސާލިހް އަލް ޝައިބާ ވަނީ އިސްލާމިކް ސްޓަޑީޒް އިން ޑޮކްޓަރޭޓްކަން ހާސިލްކުރައްވައިފައެވެ. އަދި ޔުނިވަސިޓީ ޕްރޮފެސަރެއް ކަމަށްވާ ޝައިބީ ވަނީ ދީނީ އެކި މައްސަލަތަކާ ބެހޭ ގޮތުން ފޮތްތައް ވެސް ލިޔުއްވައިފައެވެ.
ޝެއިހް ސާލިހް އަލް ޝައިބާ އަވަހާރަވުމުން ޒަމާނުއްސުރެ އޮންނަ ގޮތައް އެއާއިލާ އަށް ނިސްބަތްވާ އެހެން ބޭފުޅަކާ އެތަޅުދަނޑި ހަވާލު ކުރެވޭނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ