ޔޫރޯ 2024 ގެ 22 ވަނަ މެޗުގައި ޖޯޖިއާއާއި ޗެކު ރިޕަބްލިކް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭ މެޗަށް ނުކުންނަ އިރު، ދެ ޓީމަށް ވެސް އޮތީ މޮޅުވާން މަޖުބޫރުވެފައި. މިރޭ ބަލިވެއްޖެނަމަ، ހަނި ފުރުސަތަކުން ނޫން ގޮތަކަށް ދެން ދެ ޓީމަށްވެސް ގަދަ 16 އަށް ދާން އުނދަގޫވާނެ. ޗެކުން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ޕޯޗުގަލް އަތްދަށުވީ 2-1 އިން. އަލަށް ބޮޑު މުބާރާތެއްގައި ވާދަކުރަމުންދާ ޖޯޖިއާއިން ފުރަތަމަ މެޗުގައި ތުރުކީ ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުން.
- ޖޯޖިއާ
ޖޯޖިއާގެ ފުޓުބޯޅަ، ވަކި ގައުމެއްގެ ގޮތުގައި މިނިވަންވީ 1990 ވަނަ އަހަރު. އޭގެ ކުރިން އެއީ ސޯވިއެޓް ޔޫނިއަންގެ ބައެއް. އެގައުމުގެ ފުޓުބޯޅައަށް ޔޫއެފާ އަދި ފީފާގެ މެންބަރުކަން ލިބުނީ 1992 ވަނަ އަހަރު. އޭގެ ފަހުން ވޯލްޑް ކަޕާއި ޔޫރޯގެ ކޮލިފިކޭޝަންގެ މެޗުތަކުގައި ޖޯޖިއާއިން ދިޔައީ ވާދަކުރަމުން. އެހެންނަމަވެސް ރަނގަޅު ފުޓުބޯޅަ ޖީލެއް ބިނާކުރެވި ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވޭ. މިހާތަނަށް އެއްވެސް ބޮޑު މުބާރާތެއްގައި ޖޯޖިއާ ވާދަކޮށްފައެއްވެސް ނުވޭ. ވޯލްޑް ކަޕްގެ އިތުރުން ޔޫރޯގެ މުބާރާތެއްގައިވެސް މީގެ ކުރިން ޖޯޖިއާއިން ވާދަކޮށްފައެއް ނުވޭ. ޖޯޖިއާ ފުޓުބޯޅައަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ލިބުނީ އެންމެފަހުން ބޭއްވި ޔޫރޯގެ ކޮލިފޭޝަންގައި. އެފަހަރު ޖޯޖިއާ ކޮލިފައިނުވެ ދިޔައީ ޕްލޭ އޮފްއިން ކަޓައިގެން. އަދި އޭގެފަހުން މިފަހަރު ޔޫރޯއަކީ ޖޯޖިއާގެ ފުޓުބޯޅަ ތާރީހުގައިވެސް ލިޔެލެވޭނެ އަލަތު ޔޫރޯ. ޔޫރަޕްގެ ރަނގަޅު ލީގުތަކުގައި ކުޅޭ ކުޅުންތެރިންނާއެކު ޖޯޖިއާއިން ނުކުންނާނީ ފެށުން ރަނގަޅުކުރާން.
- ޗެކު ރިޕަބްލިކް
ޗެކުސްލޮވޭކިއާގެ ބައިބައިވުމާއެކު ޗެކް ރިޕަބްލިކަށް ފުޓުބޯޅައިގެ އަމިއްލަވަންތަކަން ލިބުނީ 1994 ވަނަ އަހަރު. އެހިސާބުން ޗެކް ރިޕަބްލިކްގެ ނަން ޔޫރަޕް ފުޓުބޯޅައަށް ތައާރަފްވެ، 1996 ވަނަ އަހަރު ޔޫރޯގައި އެޓީމު ވާދަވެސް ކުރި. އެ ޔޫރޯ ކާމިޔާބުވެސް މެއެވެ. ބަލިވީ ފައިނަލުގައެވެ. އޭގެފަހުން ޗެކް ރިޕަބްލިކަށް ޔޫރޯއިން ފުރުސަތު ގެއްލިފައެއް ނުވޭ. އެންމެފަހުން ކޮވިޑުގެ ހާލަތުގައި ބޭއްވި ޔޫރޯގައިވެސް ޗެކް ރިޕަބްލިކް ފާހަގަކޮށްލެވުނީ އުނދަގޫ ޓީމެއްގެ ގޮތުގައި. މުބާރާތުގެ ކުއާޓާ ފައިނަލަށް ޗެކް ރިޕަބްލިކް ގޮސްފައިވާ އިރު، ކުއާޓާގައި ބަލިވީ ޑެންމާކް ކައިރިން. ޗެކުސްލޮވޭކިއާގެ ފުޓުބޯޅަ ތާރީހަށްފަހު، މިހާތަނަށް ހަތް ފަހަރު ޗެކް ރިޕަބްލިކުން ޔޫރޯގައި ކުޅެފައިވޭ. 2004 ވަނަ އަހަރު ސެމީން ކެޓި އިރު، 2012 ވަނަ އަހަރު ކުއާޓާއަށްވެސް ގޮސްފައިވޭ.
ޗެކް ރިޕަބްލިކް ޔޫރޯގައި ކާމިޔާބު ނަމަވެސް، އަމިއްލަ ވީ ފަހުން ވޯލްޑް ކަޕާ ބީރަށްޓެއްހި. ޗެކް ރިޕަބްލިކްގެ ނަމުގައި ވޯލްޑް ކަޕްގައި ކުޅުނީ 2006 ވަނަ އަހަރު އެކަނި.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024