މިދިޔަ އަހަރާ އަޅައިބަލާއިރު ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ހުންނާނީ 0.9 ޕަސެންޓުގައި ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ލަފާކޮށްފި އެވެ.
އެމްއެމްއޭއިން މީގެ ކުރިން ލަފާކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ 5.5 ޕަސަންޓުންނެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުރީ ހަތަރު ޕަސެންޓުގަ އެވެ. އަދި މި އަހަރު ނިމޭއިރު އެ އަދަދު 4.9 ޕަސންޓަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖޭގެ އިގްތިސޯދީ ކުރިއަރާނެކަމަށް ލަފާކުރާ މިންވަރު އެމްއެމްއޭއިން ދަށްކޮށްފައި މިވަނީ، ކޮންސްޓްރަކްޝަން ދާއިރާއާއި ދަތުރުފަތުރާއި މުވާސަލާތީ ދާއިރާގެ ކުރިއެރުން މަޑުޖެހޭނެ ކަމަށް ލަފާކުރެވޭތީއެވެ.
އެމްއެމްއޭއިން ލަފާކުރާ ގޮތުގައި އެ ދާއިރާތަކުގެ ކުރިއެރުން މަޑުޖެހުނު ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތަށް މި އަހަރު ކުރިއެރުން ލިބޭނެ އެވެ.
ޚަބަރު
ޚަބަރު