ރޮބާޓް ލެވަންޑޯސްކީއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އޭނާ ބެންޗުގައި ބޭންދުމާއި ފުރަތަމަ 11 އަށް ނެރުމާ ތަފާތުތަކެއް ހުންނާނެ ކަމަށް ޕޮ ލެންޑްގެ ކޯޗު މިޝާލް ޕްރޮބިއާޒް ބުނެފިއެވެ.
ލެވަންޑޯސްކީ، 35، މުބާރާތުގައި އަދި ފެނިގެން ގޮސްފައެއް ނުވެއެވެ. ޕޮލެންޑުން ފުރަތަމަ ކުޅުނު މެޗުގައި ނެދަލޭންޑްސް ކައިރިން 2-1 އިން ބަލިވެފައިވާ އިރު، އެ މެޗުގައި ލެވަންޑޯސްކީ ކުޅެފައި ނުވަނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ކޯޗު ޕްރޮބިއާޒް ބުނީ މެޑިކަލް ޓީމުގެ މަސައްކަތުން ލެވަޑޯސްކީ މިރޭގެ މެޗަށް ފިޓްވާނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށާއި ގޮތް ނިންމާނީ މިއަދު ކަމަށެވެ.
"ބޮޑު ތަފާތެއް އަންނާނެ ޓީމަށް ލެވަޑޯސްކީ ފުރަތަމަ 11 އަށް ނެރެވިއްޖެނަމަ. އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބެންޗުގައި ބައިންދާ ކުޅުމާއި ފުރަތަމަ 11 އަށް ނެރެގެން ކުޅުމާ ތަފާތުވާނެތީ. އަހަންނަށް އިއްޔެ ދިން ހަބަރަކީ އޭނާ ފިޓް ކަމަށް ދިން ހަބަރު. އެއްކޮށް ޖަވާބެއް ފައިނަލް ވާނީ ފައިނަލް ޓްރެއިނިންއަށް ފަހު. އަހަރެން އުންމީދު ކުރަނީ އުފާވެރި ހަބަރަކަށް،" ޕްރޮބިއާޒް ބުންޏެވެ.
މިހާތަނަށް ޕޮލެންޑުން ކުޅުނު ޔޫރޯ މުބާރާތްތަކުގައި އެޓީމުގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ 12 ގޯލެކެވެ. އޭގެ ތެރެއިން ފަސް ގޯލު ޖެހީ ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ މިރޭގެ މެޗުގައި އޮސްޓްރިއާއާ ދެކޮޅަށް ނުކުމެއްޖެ ނަމަ، އޭނާ ވެގެންދާނީ ގައުމީ ޓީމާ އެކު ހަ މުބާރާތް ކުޅުނު މަދު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކަށެވެ. އޭރުން ލެވަންޑޯސްކީގެ އިތުރުން ޕޮލެންޑަށް ދެން ހަ މުބާރާތް ކުޅެފައި އޮންނާނީ ކީޕަރު ވޯޝެކް ޝެޒްނީ އެކަންޏެވެ.
ޕްރޮބިއާޒް ޕްރީ މެޗު ޕްރެސްގައި އިތުރަށް ބުނީ ލެވަންޑޯސްކީ ފިޓްވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރާ ކަމަށާއި މެޑިކަލް ޓީމުން އެކަމަށް ކުރި ބުރަ މަސައްކަތް ބަލައިގަންނަ ކަމަށެވެ. އަދި މެޑަކަލް ޓީމާއެކު މަސައްކަތް ކޮށް، މިރޭގެ މެޗަށް ލެވަންޑޯސްކީ ނެރެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ޔޫރޯ 2024
ޔޫރޯ 2024
ޔޫރޯ 2024