އުމުރުން 105 އަހަރުގައި މާސްޓާސް ޑިގްރީ ފުރިހަމަކޮށްފިއެވެ.
މި ޑިގްރީ ފުރިހަމަކޮށްފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ކިޔެވުން ދޫކޮށް ތައުލީމު ފުރިހަމަކުރުމަށް ހުރަސް އެޅިފައިވާ އެމެރިކާގެ އަންހެނެކެވެ.
ގީންގާ ހިސްލޮޕް ނަމަކަށް ކިޔާ އެ އަންހެން މީހާ ވަނީ ސްޓެންފޯޑް ޔުނިވަސިޓީން 1940 ވަނަ އަހަރު ބެޗަލާސް ޑިގްރީއެއް ހާސިލުކޮށްފައިކަމަށް އޮފިޝަލުން ބުނެއެވެ.
ހިސްލޮޕް ވަނީ ބެޗަލާސް ޑިގްރީއަށްފަހު މާސްޓާސް ހެދުމުގެ މަސައްކަތް ވެސް ފަށާފައެވެ. ނަމަވެސް ދެވަނަ ބޮޑުހަނގުރާމައިގެ ސަަބަބުން ހިސްލޮޕް އަށް ވަނީ އިތުރަށް ކިޔެވުން ފުރިހަމަކުރެވޭނެ ގޮތް ނުވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ކިޔެވުން ދޫކޮށްލިތާ 83 އަހަރު ފަހުން ހިސްލޮޕް ވަނީ އޭނާގެ ތީސިސް ފުރިހަމަކޮށް އެ ޔުނިވާސިޓީއަށް ހުށަހަޅައި ގްރެޖުއޭޓް ވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ