ވިހަ ބަނގުރާ ބޮއިގެން އިންޑިއާގެ، ޓަމިލްނާޑޫން 34 މީހުން މަރުވެއްޖެއެވެ.
ޓަމިލްނާޑޫގެ ކައްލަކުރުޗީ ޑިސްޓްރިކްޓްގައި ބުދަދުވަހުގެރޭ ބަނގުރާ ބުއި ބަޔަކު ބަލިވެ އެ ސްޓޭޓްގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށިކަމަށް އޮފިޝަލުން ބުނެއެވެ. 80 އަށްވުރެ ގިނަ މީހުން ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ބުނެއެވެ.
ބަނގުރާ ބޮއިގެން ބަލިވި މީހުން ބޭރަށް ހިންގައި ހޮޑުލައި ވަރުދެރަވެ ސިއްހީ ގިނަ މައްސަލަތަކެއް ފާހަގަވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. މިހާތަނަށް 34 މީހަކު މަރުވެފައިވާއިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭކަމަށް އޮފިޝަލުން ބުނެއެވެ.
ވިހަ ބަނގުރާ ބޮއިގެން ގިނަބަޔަކު މަރުވެފައިވާއިރު އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައިގައި މިހާތަނަށް ދެމީހަކު ހައްޔަރުކޮށްފައިވާއިރު އެސްޓޭޓްގެ އިސް ފުލުސް އޮފިސަރުންތަކެއް ވެސް ސަސްޕެންޑު ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި އަމިއްލައަށް ބަނގުރާ ކައްކައިގެން ބޭނުންކުރާ މީހުން ވިހަވެ މީގެ ކުރިންވެސް ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ