ޔޫރޯ 2024 ގެ 16 ވަނަ މެޗުގައި ސްލޮވޭނިއާ އަދި ސާބިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!

ސާބިއާއިން ފުރަތަމަ ކުޅުނު މެޗުގައި އިންގްލެންޑް ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުން. އެ މެޗުގައި ސާބިއާއިން ދަށްކޮށް ފެށި ނަމަވެސ،ް ފަހުކޮޅަށް ގޮސް އެޓީމުން ކުޅުން ރަނގަޅުކޮށް އިންގްލެންޑް ހާސްކޮށްލި. ބަލިވީ ގޯލެއް ނުޖެހު ފުރުސަތުތައް ބޭކާރުވުމުން. ސްލޮވޭނިއާއިން މިހާތަނަށް ޔޫރޯގައި މޮޅެއް ހޯދާފައި ނުވާ އިރު، މިފަހަރު ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ ޑެންމާކާ 1-1 އިން އެއްވަރު ކޮށްފައި.

ފުޓްބޯލް އެރީނާ މިޔުނިކް، ނުވަތަ މަޝްހޫރު ނަމުން ވިއްޔާ އެލިއަންޒް އެރީނާ އަކީ ޔޫރަޕުގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކުލަބު ކަމުގައި ވާ ބަޔާން މިޔުނިކުގެ ރަސްމީ ދަނޑު. 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗާއި، ޔޫރޯ 2020 ގެ ކުއާޓަރ ފައިނަލުގެ އެއް މެޗާއި، އަދިވެސް ތާރީޚީ އަދި މުހިއްމު އެތައް މެޗެއް އެ ދަނޑެއްގައި ކުޅެވުނު އެލިއަންޒް އެރީނާ 2005 ވަނަ އަހަރު ބިނާ ކުރީ، މިޔުނިކަށް ނިސްބަތް ވާ ބެޔާރން މިޔުނިކާއި 1860 މިޔުނިކް މި ދެ ކުލަބު ގުޅިގެން. ނަމަވެސް ފަހުން ބެޔާރން ވަނީ ދަނޑުގެ މިލްކުވެރިކަމުގެ ހުރިހައި ހިއްސާއެއް ގަނެ، ދަނޑު އަމިއްލަ ކޮށްފައި.

ކެޕޭސިޓީ: 66000